ކުޅިވަރު ޕޮގްބާއަށް އަނެއްކާވެސް އަނިޔާވެ، މޮނާކޯގައި އޭނާގެ މުސްތަޤުބަލާމެދު ސުވާލު އުފެދިއްޖެ

ޕޮގްބާއަށް އަނެއްކާވެސް އަނިޔާވެ، މޮނާކޯގައި އޭނާގެ މުސްތަޤުބަލާމެދު ސުވާލު އުފެދިއްޖެ

ޕޮގްބާއަށް އަނެއްކާވެސް އަނިޔާވެ، މޮނާކޯގައި އޭނާގެ މުސްތަޤުބަލާމެދު ސުވާލު އުފެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މަޝްހޫރު މިޑްފީލްޑަރު ޕޯލް ޕޮގްބާއަށް އަނެއްކާވެސް އަނިޔާގެ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހުމާ ގުޅިގެން މޮނާކޯ ޓީމުގައި އޭނާގެ މުސްތަޤުބަލާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

އިންގްލަންޑްގެ ސެންޓް ޖޯޖްސް ޕާކްގައި ކުރިއަށްދިޔަ މޮނާކޯގެ ޕްރީ-ސީޒަން ކޭމްޕްގެ ފުރަތަމަ ދުވަހު ޕޮގްބާގެ ވާތުފަޔަށް އަނިޔާވީ އާދީއްތަ ދުވަހު ލިވަޕޫލް އަތުން މޮނާކޯ މޮޅުވި އެކުވެރިކަމުގެ މެޗަށްފަހު ފެށި ފަރިތަކުރުންތަކުގައެވެ.

އުމުރުން 33 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިޔާ ޓީމުގެ ގްރޫޕް ފަރިތަކުރުންތަކަށް އެނބުރި އައީ ކަކުލަށް ލިބުނު އަނިޔާއަކާ ހުރެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހުގައެވެ.

މި ފަހަރުގެ ޕްރީ-ސީޒަންގައި މޮނާކޯއަށް ޕޮގްބާ ކުޅެދީފައިވަނީ އެންމެ މެޗެއްގެ އެއް ހާފުގައި އެކަންޏެވެ.

މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި މި އާ އަނިޔާގެ ސަބަބުން ފްރެންޗް ލީގު ސީޒަން ފެށޭއިރު ލީގުގައި ކުޅެވޭވަރުގެ ފިޓްނަސްއެއްގައި ޕޮގްބާ ނެތްކަން ވަނީ ހާމަވެފައެވެ.

ޑޯޕިން މައްސަލައެއްގައި ސަސްޕެންޑްކޮށްފައި އޮތް 18 މަސްދުވަހުގެ މުއްދަތަށްފަހު، ނިމުނު ސީޒަންގައި މޮނާކޯއަށް ލީގު 1 ގައި ޕޮގްބާ ކުޅެދީފައިވަނީ އެންމެ 6 މެޗުގައި ޖުމްލަ 115 މިނެޓެވެ.

މި އާ އަނިޔާއާއެކު، ސީޒަންގެ ނިޔަލަށް ހަމަވާ އޭނާގެ ކޮންޓްރެކްޓް ބާޠިލްކޮށް، އޭނާ ދޫކޮށްލުމުގެ މަޝްވަރާތައް މޮނާކޯއިން އޭނާގެ އޭޖެންޓުންނާއެކު ފަށާފައިވާ ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ.

ޓެގް

ޕޮގްބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.