ޚަބަރު ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ރާއްޖެ ތައްޔާރު: ރައީސް މުޢިއްޒު

ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ރާއްޖެ ތައްޔާރު: ރައީސް މުޢިއްޒު

ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ރާއްޖެ ތައްޔާރު: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއަކީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް އޮތް ގައުމެއް ކަމަށާއި، އެފަދަ މަޝްރޫއުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 ގެ ތެރެއިން މިއަދު ހެނދުނު ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން މިހާރު ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ޗައިނާގެ ބޮޑު މާކެޓަށް ފުރުސަތު ހުޅުވިގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތަކާއި އެހެނިހެން އުފެއްދުންތައް ބޭރުކުރުމުގައި ޗައިނާގެ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު ދެއްވިއެވެ.

ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެކުލަވާލާފައިވާ "ވިޝަން 2040" ހާސިލުކުރުމަށްޓަކައި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް، 40 އަހަރުވީ ގާނޫނު އުވާލައި ޒަމާނީ އާ ގާނޫނެއް ތައާރަފުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އިޔާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ އިތުރުން ސްމާޓް އިންފްރާސްޓްރަކްޗާ ފަދަ މުހިންމު ދާއިރާތަކުން ފުރުސަތުތައް ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން އިންވެސްޓްމަންޓްތަކަށް އެދެނީ ހަމައެކަނި ފައިސާ ހޯދުމަކަށް ނޫނެވެ. އޭގެ މައިގަނޑު ބޭނުމަކީ އައު ސިނާއަތްތައް އުފައްދައި، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ. ވުމާއެކު، ދިވެހި ވިޔަފާރިތަކާ ގުޅިގެން ރާއްޖޭގެ ތަރައްގީގެ ބައިވެރިއަކަށް ވުމަށް އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ގޮވާލައްވާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.