ޚަބަރު ބާޒާރުގައި ކެރެޓު ލިބުން ދަތިވެ، ފަސް ދުވަސް ތެރޭ ކެރެޓު ކިލޯއެއްގެ އަގު 170 ރުފިޔާއަށް އުފުލިއްޖެ

ބާޒާރުގައި ކެރެޓު ލިބުން ދަތިވެ، ފަސް ދުވަސް ތެރޭ ކެރެޓު ކިލޯއެއްގެ އަގު 170 ރުފިޔާއަށް އުފުލިއްޖެ

ބާޒާރުގައި ކެރެޓު ލިބުން ދަތިވެ، ފަސް ދުވަސް ތެރޭ ކެރެޓު ކިލޯއެއްގެ އަގު 170 ރުފިޔާއަށް އުފުލިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭގެ ބާޒާރުގައި ވިއްކާ ކެރެޓުގެ އަގު ވޭތުވެދިޔަ ފަސް ދުވަސް ތެރޭގައި އިންތިހާއަށް އުފުލި، ބާޒާރުން ކެރެޓު ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މި ހަފުތާގެ ކުރީކޮޅު، މި މަހުގެ 18 ވަނަ ދުވަހު ބާޒާރުގައި އަދި އާންމުކޮށް ތަރުކާރީ އެތެރެކުރާ ފިހާރަތަކުގައި ކެރެޓު ކިލޯއެއްގެ އަގު ހުރީ 35 އާއި 45 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް، ވިދިވިދިގެން އައި ދުވަސްތަކުގައި އަގުތައް އުފުލެމުން ގޮސް މިއަދު (22 ނޮވެންބަރު) ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު ވަނީ 120 އާއި 175 ރުފިޔާއާ ދެމެދަށް އަރާފައެވެ.

އަމިއްލަ ވިޔަފާރިތަކުގައި އަގު އިންތިހާއަށް އުފުލިފައިވާއިރު، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން އިއްޔެ 20 ރުފިޔާއަށް ވިއްކި ކެރެޓު ކިލޯއެއްގެ އަގު މިއަދު ވަނީ 40 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އެސްޓީއޯއިން މިހާރު ކެރެޓު ދޫކުރަމުން ދަނީ ކޮންމެ މީހަކަށްވެސް ގިނަވެގެން ދެ ކިލޯގެ މަގުންނެވެ.

ކެރެޓުގެ އިތުރުން ބާޒާރުގައި ފިޔާގެ އަގަށްވެސް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އެސްޓީއޯ މެދުވެރިކޮށް އަދިވެސް ފިޔާ ކިލޯއެއް ލިބެން ހުރީ ކޮންޓްރޯލް އަގެއް ކަމަށްވާ 12 ރުފިޔާއަށެވެ.

ރާއްޖޭގެ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ކުއްލިއަކަށް އުފުލިގެން ގޮސްފައި މިވަނީ ދިރިއުޅުމުގެ ޒަރޫރީ ޚަރަދުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ ނުވަ އިންސައްތަ އުފުލިފައެވެ. މިފަދަ އަގުތައް އުފުލުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވާ ދަތިތަކާއި ބައިނަލްއަޤްވާމީ ބާޒާރުގައި މުދަލުގެ އަގަށް އަންނަ ބަދަލުތަކެވެ.

ޓެގް

އެސްޓީއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.