ކުޅިވަރު އިންގްލެންޑް އަތުން ބަލިވެ، 43 މެޗަށް ފަހު ސްޕެއިންގެ ރެކޯޑު ސިލްސިލާއަށް ނިމުމެއް

އިންގްލެންޑް އަތުން ބަލިވެ، 43 މެޗަށް ފަހު ސްޕެއިންގެ ރެކޯޑު ސިލްސިލާއަށް ނިމުމެއް

އިންގްލެންޑް އަތުން ބަލިވެ، 43 މެޗަށް ފަހު ސްޕެއިންގެ ރެކޯޑު ސިލްސިލާއަށް ނިމުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން 3-2 ގެ ނަތީޖާއަކުން އިންގްލެންޑް އަތުން ބަލިވެ، ބަލިނުވެ ސްޕެއިނުން ދަމަހައްޓަމުން އައި 43 މެޗުގެ ދިގު ރެކޯޑު ނިމުމަކަށް އަތުވެއްޖެއެވެ.

ސްޕެއިން އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ޕޯޗުގަލް އަތުންނެވެ.

ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، އިންގްލެންޑަށް ލީޑު ނަގައިދިނީ ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ޕައު ކުބަރްސީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޒްރީ ކޮންސާ އަދި ބެން ވައިޓް ޖެހި ލަނޑުތަކާއެކު އިންގްލެންޑުން ތިން ލަނޑުގެ ފަރަގެއް ހޯދިއެވެ. ނަމަވެސް 63 ވަނަ މިނިޓުގައި އެ ޓީމުގެ އެލިއަޓް އެންޑަސަންއަށް ދެއްކި ރަތް ކާޑާއެކު، އިންގްލެންޑަށް 10 ކުޅުންތެރިންނާއެކު މެޗު ފުރިހަމަކުރަން ޖެހުނެވެ.

މީހަކު މަދުވި ވަގުތުގެ ފައިދާ ނަގައި، މިކޭލް އޮޔާޒަބާލް ޖެހި ޕެނަލްޓީއަކުންނާއި ނީކޯ ވިލިއަމްސް ކާމިޔާބުކުރި ލަނޑުން ސްޕެއިނުން ފަރަގު ކުޑަކުރިއެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

މި ނަތީޖާއާއެކުވެސް ގްރޫޕުގެ ކުޅުން ނިމުނުއިރު ލިބުނު 15 ޕޮއިންޓާއެކު، އިންގްލެންޑާއި ސްޕެއިން ވަނީ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.

ޓެގް

ޔުއެފާ ނޭޝަންސް ލީގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.