ބައެއްމީހުންނަކީ ގޭސްޓްރިކް ގެ މައްސަލަ ދިމާވެ އެކަމުގެ ސަބަބުން ދުނިޔޭގައި އުޅެން އުނދަގޫވާ ހިސާބަށް ގޮސްފައި ތިބޭ މީހުންނެވެ. ޑޮކްޓަރީ ފަރުވާއަކުންވެސް މިކަމަކަށް ދާއިމީ ޙައްލެއް ލިބެނީ ވަރަށްމަދު ޙާލަތެއްގައެވެ. މިއީ ވަރަށް ގިނަމީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަން ދިމާވާން ވަކިޢުމުރެއް ނޯވެއޭވެސް ބުނެވިދާނެއެވެ. ނަމަވެސް އާއްމުކޮށް ގޭސްޓްރިކް މައްސަލަ ދިމާވަނީ 15 އަހަރުން މަތީގެ މީހުންނަށެވެ.
ގިނަ ފަހަރަށް ގޭހުގެ މައްސަލަ ދިމާވަނީ ރަނގަޅަށް ނުހަފައި ކާ އެއްޗެހި ދިރުވުމާއި، މާ ކުޅިކޮށް ކެއުމާއި، ގޭސް އުފެދޭ ކަހަލަ ކާނާ ގިނައިން ބޭނުން ކުރުމާއި، މާ ބޮޑަށް ހާސްވުމާއި އިންފެކްޝަން ކަހަލަ ކަންކަމުގެ ސަބަބުންނެވެ.
ގޭހުގެ މައްސަލަ އަކީ، އެކަމަށް ގޭގައި ވެސް ފަރުވާ ކުރެވިދާނެ މައްސަލަ އެކެވެ.
ބޭނުންވާ ތަކެތި:
25 ގްރާމް ފޮނިތޮށި
25 ގްރާމް ރޯއިނގުރު
5 ލޮނުމެދު
3 ލުނބޯ
ކުޑަބޭކިން ޕައުޑަރ ކޮޅެއް
ތައްޔާރުކުރާނެގޮތް:
ފޮނިތޮށިކޮޅު ވަކިން މުގުރާލާށެވެ. ދެން ލޮނުމެދާއި، ރޯއިނގުރާއި އެއްކޮށް ފުޑާހިމުންކޮށްލާށެވެ. އޭގެ ފަހުގައި 1 ލިޓަރު ހުންނަހާ ފެންފޮދެއް ހޫނު ކޮށްލާށެވެ. ފެންފޮދު ރަގަޅަށް ކެކިގަތުމުން އެފެންފޮދުގެ ތެރެއަށް ލުނބޯހުތް ފެލާށެވެ. އަދި އޭގެ ތެރެއަށް ފޮނިތޮއްޓާއި، ލޮނުމެދާއި، އިނގުރުކޮޅު އަޅާށެވެ. އަދި ބޭކިންޕައުޑަރކޮޅުވެސް އަޅާށޭވެ. ދެން އިރުކޮޅަކު ކެއްކުމަށްފަހު ހިހޫ ވަންދެން ބަހައްޓާށެވެ. ދެން ގޭސްޓްރިކް ވުމުން ބައިޖޯޑު ހުންނަހާ އެތިފޮދެއް ބޯށެވެ. އައިސްއަލަމާރީގައި ބަހައްޓައިގެން ހަފްތާއެއްހާ ދުވަސްވަންދެން ބޭނުންކުރެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...