ރިޕޯޓް ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް

ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮންމެއަހަރެއްގެ މާރިޗް މަހުގެ 21 ވަނަދުވަހަކީ ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައި މުޅިދުނިޔޭގައި ފާހަގަކުރާ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި މިދުވަސް 2006 ވަނައަހަރުން ފެށިގެން ފާހަގަކުރަމުން ދިޔަނަމަވެސް އދ އިން މިދުވަސް ފާހަގަކުރުމަށް ރަސްމީކޮށް ފަށާފައިވަނީ 2012 ވަނައަހަރުން ފެށިގެންނެވެ.

ޑައުންސިންޑްރޯމް ކުދިންނާއި، އާދައިގެ ކުދިންގެ ތަފާތަކީ އެހެން މީހުންނާ ޚިލާފަށް ހެދިބޮޑުވުމާއި ވިސްނުން ތަރައްޤީ ވުމުގައި ލަސްވުމެވެ. އެހެން މީހުންނަށް ވުރެ ކަންތައްތައް ދަސްކުރުމަށް ކޮށިވުމެވެ. ވާހަކަ ދައްކަން އުނދަގޫ ވުމެވެ. ނަމަވެސް އެ ކުދިންނަކީ އެކަންތައްތައް ނުކުރެވޭނެ ކުދިންނެއް ނޫނެވެ. ޑައުންސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21 ހުންނަ އެ ކުދިންނަށް ބޭނުންވަނީ ވަގުތާއި ލޯތްބެވެ. މުޖުތަމައުގެ އެހީތެރިކަމާއި މަދަދެވެ.

ޑައުން ސިންޑްރޯމަކީ ކުއްޖެއް އުފެދުމުގައި އެ ކުއްޖެއް 21 ވަނަ ކްރޮމޮޒޯމްގައި ތިން ‘ކޮޕީސް’ އުފެދުމެއް ދިމާވާ ޖެނެޓިކް ޑިސްއޯޑާއެކެވެ. މާނައަކީ އާދައިގެ އިންސާނެއްގެ ގައިގާ 46 ކްރޮމޮޒޯމް ހުންނަ އިރު، ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއްގެ ގައިގާ ހުންނަނީ އާދައިގެ އިންސާނަކަށް ވުރެ އެއް ކްރޮމޮޒޯމް ގިނަކޮށް، 47 ކްރޮމޮޒޯމެވެ.

ރާއްޖޭގައި އެފަދަ ކުދިންގެ ރިކޯޑެއް ނެތް ނަމަވެސް، ޑައުން ސިންޑްރޯމްގެ ކުދިންގެ ހެވާ ލާބަޔަށް މަސައްތްކުރާ ފަރާތްތައް ނިސްބަތުން މަދެއްނޫނެވެ. އެއީ އަޅުގަނޑުމެން ނުހަނު އުފަލާއެކު ފާހަގަކުރަން ޖެހޭ ކަމެކެވެ. އެގތުން ފާހަގަކޮށްލެވޭ އެއްޖަމިއްޔާއަކީ ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އެވެ.  

ކޮންމެއަހަރަކުވެސް މިދުވަސް ފާހަގަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އެންމެ ޚާއްޞަކަމަކީ ތަފާތު ކުލައިގެ އިސްޓާކީނު ބޭނުންކުރުމެވެ. ދެ ވައްތަރުގެ ދެ އިސްޓާކީނަށް އެރުމަކީ ތަފާތު ނުވަތަ “އޮޑް” ކަމެކެވެ. އަދި މުޅި ދުނިޔޭގައި ވެސް ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތުން ދައްކުވައި ދެނީ ޑައުން ސިންޑްރޯމް ކުދިންނަކީ ތަފާތު ކުދިންނަށް ވިޔަސް، މުޖުތަމައުން އެކުދިން ބަލައިގަންނަ ކަމެވެ.

ޑައުން ސިންޑްރޯމަކީ އަހަރަކު އުފަންވާ ކޮންމެ 1000 ކުއްޖެގެ ތެރެއިން އެއް ކުއްޖަކަށް ދިމާވާ ކަމަކަށްވާ އިރު، ޑައުން ސިންޑްރޯމަކީ އިންސާނުންނަށް އެންމެ އާއްމުކޮށް ދިމާވާ ކްރޮމޮޒޯމް އެބްނޯމަލިޓީ އެވެ.

ޑައުންސިންޑްރޯމް ދުވަސް މާރިޗް 21 ގައި ފާހަގަކުރުމަށް އދ އިން ނިންމީ ޑައުންސިންޑްރޯމް ކުދިންގެ އުފެދުމުގައި 21 ވަނަ ކްރޮމޮޒޯމްގައި ތިން ‘ކޮޕީސް’ އުފެދުމުން ދިމާވާ މައްސަލައަކަށް މިކަންވެފައި ވުމުގެ ސަބަބުން ދިމާވާ ޖެނެޓިކް ޑިސްއޯޑާއަކަށްވާތީ އެކަމާ ގުޅުވާލައިގެންނެވެ.

ޓެގް

ޑައުންސިންޑްރޯމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.