ސިއްޙަތު ސަރުބީ ވިރުވަން އެންމެ ރަނގަޅީ އާފަލު ޖޫސް

ސަރުބީ ވިރުވަން އެންމެ ރަނގަޅީ އާފަލު ޖޫސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކެއުމުގައި ހިމެނޭ ކާނާގެ ބާވަތްތަކަށް މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ގިނަދުވަހުން ނަމަވެސް ހަށިގަނޑުގައި ސަރުބީ ޖަހައި ހެލިފެލިވެ އުޅުމަށް އުނދަގޫވެފައިވާ މީހުންނެވެ. ނަމަވެސް އެފަދަ މީހުންނަށް އެކަން އިޙްސާސްވެ އެކަމަށް ފަރުވާއެއް ހޯދަން ބަލާއިރު އޮންނަނީ އަތްފޯރާ ފަށަށްވުރެ މާމައްޗަށް އެކަން ގޮސްފައެވެ.

އެހެންވުމުގެ ސަބަބުން ހިކެން މަސައްކަތް ކުރިއަޔަސް މާބޮޑު ކުރިއެރުމެއް ނުލިބި މާޔޫސްވާގޮތް ވެއެވެ. އަދި ހިކެން މަސައްކަތް ކުރުމުގައި ފަސްޖެހުމުގެ އިތުރުން ކެއުން މަދުކުރުމުގެ ޚިޔާލުވެސް ނެތިގޮސް ހަށިގަނޑަށް ވާނެގޮތެއް ވާން ދޫކޮށްލައެވެ.

އެފަދަ ގޮތަކަށް ދިމާވެފައިވާ ފަރާތްތަކަށް އަޅުގަނޑު ދޭން ބޭނުންވާ ނަސޭޙަތަކީ އާފަލު ޖޫސް ބޭނުންކުރައްވާށެވެ. މިއީ ތިބާއަށް އާރޯކަންގެނެސްދީ އިސާހިތަކު ހަށިގަނޑުގެ ސަރުބީތައް ވިރި ހިއްކާލާނެ ފަރުވާއެކެވެ.

އެހެނީ އާފަލުގައި ހިމެނޭ ފެނަށްގިރޭ ފައިބަރު “ޕެކްޓިން” އަކީ އެހެން މާއްދާތަކާއި ގުޅިގެން، ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ސަރުބީ ގެ މިންވަރު ދަށްކުރާ އެއްޗެކެވެ. އެގޮތުން ޕެކްޓިން ސަރުބީ އާއި ތަތްވެ، ޕެކްޓިން އާއެކު ސަރުބީ ހަށިގަނޑުން ބޭރުކުރެއެވެ. ދުވާލަކު ގަވާޢިދުން 2 ތަށި އާފަލު ޖޫސް ބޯނަމަ، އެމީހެއްގެ ހަށިގަނޑުގެ ސަރުބީގެ މިންވަރު 16 އިންސައްތަ ދަށްވުމުގެ ފުރުޞަތު އޮންނަ ކަމަށް ބުނެއެވެ.

ފްރާންސްގެ އިންސްޓިޓިއުޓަކުން ދިރާސާއެއް ހެދުމަށްޓަކައި މެދުއުމުރުގެ ޞިއްޙަތު ސަލާމަތުން ހުރި 30 މީހުންނަށް އެއް މަސްވަންދެން ދުވާލަކު 2 ނުވަތަ 3 ތަށިއާފަލުޖޫސް ބޯންދެވުނެވެ. މަހެއް ފަހުން އެގުނު ގޮތުގައި ދިރާސާގައި ބައިވެރިވި މީހުންގެ %80 މީހުންގެ ލޭގެ ކޮލެސްޓްރޯލް ހުރި މިންވަރު ވަނީ ދަށްވެފައެވެ.

އެހެންކަމުން އާފަލު ޖޫސް ބޭނުންކުރައްވައިގެން އަޖުމަ ބައްލަވާލައްވާށެވެ.

އާފަލު ޖޫސްތައްޔާރުކުރާނެގޮތް:

އާފަލެއްގެ ތޮށި މަށާލުމަށްފަހު ކުދިކޮށްކޮށާލާށެވެ. ފޮނިރަހަލާވަރަށް ހަކުރުކޮޅެއް އެޅުމަށްފަހު ބިއްލޫރި ތައްޓެއްހާ ފެން އަޅާ މިކްސްސަރުން ގިރާލާށެވެ. ދެން ފުރާނާލާށެވެ. އެހެރީ ޖޫސްތައްޔާރުކުރެވިފައެވެ. ފެހި އާފަލުވެސް ރަތް އާފަލުވެސް ހަމަ ފުދޭނެއެވެ. ކޮންމެ ރެއަކާދުވާލުން ދެ ތަށި ބޯށެވެ. ނަތީޖާފެންނާނެއެވެ.

ޓެގް

އާފަލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.