ކުޑަކުދިންގެ ވާހަކަ 45
އިރުވާ މޫސުމުގެ ރީތި ދުވަސްވަރެވެ. މާ ބަގީޗާގައި ކޮކާތަކާއި މާބުރުތައް އުފަލުގައި މަޖާކޮށް އުދުހި އުޅެއެވެ. އެއްގަހުން އަނެއްގަހަށް ދަތުރުކޮށް އުޅޭ ދޫނިތައްވެސް ބަގީޗާގައި އުޅެއެވެ. ފެހިކުލައިގެ ފަނި އުޅެނީ ވަރަށް އަވަދި ނެތި ފޮތް ކިޔުމުގައެވެ. އެއީ އަބަދުވެސް ފަނީގެ އާދައެވެ. ބަގީޗާގައި ހުސްވަގުތު ފޮތްކިޔާ ހަދައެވެ. ކުޅަނދުރުވެސް ފަނި ކިޔައިދޭ ވާހަކަތައް އަޑުއަހާ އުޅެއެވެ.
އެކަމަކު މިއަދު ކުޅަނދުރުތައް ވިސްނަނީ މުޅިން އެހެން ކަމަކާއެވެ. ވިއްސާރަ މޫސުން އަންނަން ވާއިރަށް ކާނެ އެއްޗެއް ރައްކާކުރާނެ މީހަކު ނޫޅޭތީއެވެ. ހިތްވަރުގަދަ ކުޅަނދުރާއި އޭނާގެ އެކުވެރި އެހެން ކުޅަނދުރުތައް އުޅެނީ މާމަލުން ފޮނިބޯށެވެ. ފަހުން ކާނެ މާމު ރައްކާކުރުމަށެވެ.
ކުޅަނދުރު ކޮކާތަކަށް ނަސޭހަތް ދިނެވެ. އެކަމަކު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ކޮކާ ބުންޏެވެ. ” މިއީ އުފާކުރަންވީ ދުވަސްވަރު. އަހަރެމެންނާއެކު މަޖާކޮށްލަން އާދޭ.” ކުޅަނދުރުގެ ބަސް އަހައިގެން ފަނި ބަގީޗާތެރެއިން ކާނެ އެއްޗިހި އެއްކުރަން ފެށިއެވެ.
ކުޅަނދުރު އެކިއެކި މާތަކުން ފޮނިބޮމުން ގެންދިއެވެ. ބަނޑުފުރުމުން އެނބުރި މާމުއި ހަތާ ހަދާފައިވާ ގަސް ދޮށަށް ދިޔައެވެ. އެއީ ކުޅަނދުރުތައް ދިރިއުޅޭ ގެއެވެ.
ދުވަސް ކޮޅެއްފަހުން މޫސުން ބަދަލުވެ ވަރަށް ވިއްސާރަވެއްޖެއެވެ. ވައިބާރުކަމުންނާއި ވާރޭ ބޯކޮށް ވޭހޭތީ އެއްވެސް ކޮކާލަކަށް އަދި ދިރޭއެއްޗަކަށް ގެއިން ބޭރަށް ނިކުންނާކަށް ނުކެރުނެވެ. ކޮކާގެ ގޭގައި ކާތަކެތި ހުރީ ވަރަށް މަދުންނެވެ. ކޮކާލަށް މިއަދު ވިސްނުނެވެ. މަސައްކަތް ކުރަން ލިބިފައި އޮންނަ ވަގުތު ބޭކާރުކޮށް އަބަދު މަޖާކުރުމަކީ ފަހުން އެކަމާ ހިތާމަކުރަން ޖެހިދާނެ ކަމެކެވެ.
ވިއްސާރަ އަލިވިއިރު މުޅި މާބަގީޗާ ވަނީ އެއްކޮށް ހަލާކުވެފައެވެ. ކާނެ އެއްޗެއް ނުލިބުނީ ކޮކާތަކަށެވެ. ނަމަވެސް ކުޅަނދުރުތައް އުފަލުގައި ގޭގައި ކައިގެން ދިރިއުޅުނެވެ.
ޢިބްރަތް: ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...