ރިޕޯޓް ޓްރަންޕްގެ ޓްވިޓަރ އެކައުންޓް ހެކް ނުކުރެވެނީ ކީއްވެ؟

ޓްރަންޕްގެ ޓްވިޓަރ އެކައުންޓް ހެކް ނުކުރެވެނީ ކީއްވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަޝްހޫރު އެތައް ބައެއްގެ ވެރިފައިޑް ޓްވިޓަރ އެކައުންޓުތަކެއް އިއްޔެވެސް ވަނީ ހެކަރުންގެ ހަމަލާތަކަކަށްފަހު ހެކްކޮށްފައެވެ.

އިއްޔެ ހެކްކޮށްފައިވާ މަޝްހޫރު އެކައުންޓްތަކުތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް، ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް އަދި އެޕަލްގެ ގެ ޓްވިޓަރ އެކައުންޓް ހިމެނެއެވެ.

އަދި ޓްވިޓަރގެ ސީއީއޯ ޖެކް ޑޯސީ ގެ އެކައުންޓްވެސް ވަނީ މިދިޔަ އަހަރު ހެކްކޮށްފައެވެ.

ސުވާލަކީ މިހުރިހާ އެކައުންޓްތަކެއް ހެކްކުރަމުން ދާއިރުވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެކައުންޓް ހެކްނުކުރެވެނީ ކީއްވެހެއްޔެވެ.

ހެކަރުންގެ އިއްޔެގެ އެޓޭކްތަކާ ގުޅިގެން ދަ ނިވްޔޯކް ޓައިމްސްގައި ލިޔެފައިވަ އާރޓިކަލެއްގައި ބުނެފައިވަނީ ޓްރަމްޕްގެ ޓްވިޓަރ އެކައުންޓާއި، އަދިވެސް އެފަދަ މަދު ބައެއްގެ އެކައުންޓްތައް މިހާރުވަނީ އެކްސްޓްރާ ޕްރޮޓެކްޓް ކޮށްފައިކަމަށެވެ. ވައިޓް ހައުސްގެ އިސް އޮފިޝަލަކާއި އަދި ޓްވިޓަރގެ އިސްވެރިންނާއި، ހަވާލާދީ އެއާރޓިކަލްގައި ބުނެފައިވަނީ ކުރިން ހިނގާދިޔަ ބައެއްކަހަލަ ހާދިސާތަކަށްފަހު ޓްރަމްޕްގެ އެކައުންޓްވަނީ ހައި ސެކިޔުރިޓީ ޕްރޮޓެކްޓް ކޮށްފާ ކަމަށެވެ.

އިއްޔެ ހެކްކޮށްފައިވާ އެކެއުންޓްތަކުން ވަނީ ބިޓްކޮއިން ފޮނުވުމަށް އެދި ޓްވީޓް ކޮށްފައެވެ. ހެކްވެފައިވާ ޓްވިޓަރ އެކައުންޓުތަކުން ކޮށްފައިވާ ޓްވީޓްތަކުގައިވަނީ ފޮނުވާ ހުރިހާ ބިޓްކޮއިންއެއް ފޮނުވާނީ ޑަބަލް ކޮށްކަމަޢށް ބުނެފައެވެ. އެގޮތުން 1000 ޑޮލަރު ފޮނުވައިފިނަމަ 2000 ޑޮލަރު ފޮނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޓްވިޓަރ ސަޕޯޓް އިން ކޮށްފައިވާ ޓްވީޓްއެއްގައި ބުނެފައިވަނީ މި މައްސަލަ ތަހްގީގް ކުރަމުންދާކަމަށާއި އަދި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

“ސޯޝިއަލް ޕްރޫފް ސެކިއުރިޓީ” ގެ ޗީފް އެގްޒިކިއުޓިވް އަދި ސައިބާ ސެކިއުރިޓީ އެކްސްޕާޓް ރެޗެލް ޓޮބެކް ބުނެފައިވަނީ މިއީ އޭނާ އަށް މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ޓްވިޓަރ އެޓޭކް ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ޓްވިޓަރ އިން ބުނެފައިވަނީ ބައެއް ފަރާތްތަކަށް ޓްވީޓް ނުކުރެވޭ މައްސަލައެއް އުޅޭކަމަށެވެ. އޭގެ ތެރޭގައި ބައެއް ވެރިފައިޑް އެކައުންޓްތައްވެސް ހިމެނެއެވެ. ޓްވިޓަރގެ ސްޕޯކްސްވުމަން ބުނެފައިވަނީ މިކަން ހައްލު ކުރުމަށް ފިޔަވަޅުތައް އަޅާކަމަށެވެ.

މީގެ ކުރިންވެސް ވެރިފައިޑް ބައެއް ޓްވިޓަރ އެކައުންޓްތައް ހެކްކޮށްފައި ވެއެވެ.

ޓެގް

ޓްވިޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.