ރިޕޯޓް ކަންކަމުގެ ޙަޤީޤަތް ޤަބޫލުކުރާށެވެ!

ކަންކަމުގެ ޙަޤީޤަތް ޤަބޫލުކުރާށެވެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންސާނުން ތެރެއިން ގިނަ މީހުންނަކީ ކަންކަން އޮންނަގޮތް އަމިއްލަޔަށް ބަލައި ކަންކަން ދެނެގަންނަ ބައެއް ނޫނެވެ. ގިނަފަހަރު ވާގޮތަކީ، އެ މީހަކު އިތުބާރުކުރާ، ނުވަތަ އެނޫންވެސް މީހަކު، ނުވަތަ ބަޔަކު ބުނެ ފަތުރާ ވަހަކައެއް އެއީ ތިމާ ގަޔާވާ ރުހޭޒާތުގެ ވާހަކައެއްނަމަ ވަގުތުން ޤަބޫލުކުރުމެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުފަހުން މިކަން ހައްދުންނެއްޓިގެން ހިނގައްޖެއެވެ. ކަންކަމާ މެދުގައި ޖެއްސުންކުރުމުގެ ބަލި ވަރަށް ބޮޑުވެއްޖެއެވެ. އެއިރެއްގައި ވެރިކަން ކުރާ ބަޔެއްގެ ސިޔާސަތުތަކަށް، މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދޭނެ ގޮތްގޮތަށް ތަފާތު އެކި ވާހަކަތަށް ފަތުރަމުންދެއެވެ. ޓީވީއާ ނޫންސްތަކާ، އަދި ވަކި ފަރުދުން ލިޔެ ފަތުރާ ލިޔުންތަކާ، އަދި، އެޑިޓްކޮށްފައި ހުންނަ ލިޔުންތަކާ ބެނާ ތަކުންނެވެ.

މިދުވަސްވަރު އެންމެ ގަދަޔަށް ފަތުރަމުންދާ އެއްވާހަކަޔަކީ، އިންޑިޔާގެ ސޫތުކުޅި/ކޮޗިން/ކުޅުދުއްފުށި/މާލޭ ފެރީ ނިޒާމުގެ ވާހަކައެވެ. އެކަމުގައި ރާއްޖޭގެ ޙުއްރިއްޔަތަށް ނުރައްކަލަކަށް ވާނެ ކަމުގެ ބިރުވެރި ވާހަކައެވެ. ރާއްޖޭގައި އުފައްދާ ތަރުކާރިގެ ބާވަތްތަކުގެ އަގުވެއްޓި، ދަނޑުވެރިންނަށް ގެއްލުންވާނޭ ވާހަކައެވެ. އިންޑިޔާގެ ފިރިހެނުން ރާއްޖޭގެ އަންހެނުންނާ ކައިވެނި ކުރާނެ ވާހަކައެވެ. ބަޔަކު ޙައިރާނެއްފަހެ ނުވާނެހެއްޔެވެ! މި ފެރީގެ ޚިދުމަތް ނުފެށިޔަސް، މިހާރުވެސް އިންޑިޔާއިންނާ، ސުރީ ލަންކާއިންނާ، ތައިލެންޑުނާ، ދުބާއީންނާ، އަދި މިނޫންވެސް އެކި ޤައުމުތަކުން ތަރުކާރީ ރާއްޖެއަށް އެތެރެކުރެއެވެ. ދެންއޮތީ ޙުއްރިއްޔަތު ގެއްލިދާނެ ކަމަށްބުނާ ކައިވެނިކުރުމެވެ. މިހާރުވެސް ގިނަވާނީ އިންޑިޔާގެ ފިރިހެނުން ދިވެހި އަންހެނުންނާ އިނދެގެންއުޅޭ ވަރަށްވުރެ، ދިވެހި ފިރިހެނުން އިންޑިޔާގެ ޒުވާން އަންހެން ކުދިންނާ އިންދެގެން އުޅޭ ޢަދަދެވެ. އިންޑިޔާގެ ކޭރަލާ ސަރުކާރުން އެކަންތައް މަނާކުރާ ހިސާބަށް ދިއައެވެ.

މި ފަށާ ފެރީ ނިޒާމަކީ ދެ ޤައުމުގެ ދެމެދުގައި ސާދީކުރުން އިތުރުކޮށް ޕުރޮމޯޓްކުރަން ފައްޓާ ފެރީގެ ޚިދުމަތެއް ނޫނެވެ. އެ ނިޒާމަކީ ވިޔަފާރި މުދަލާ، މީހުން ދަތުރު ކުރުމަށް ފައްޓާ ޚިދުމަތެކެވެ. މިކަމުން އެންމެ ބޮޑު މަންފާއެއް ކުރާނީ ދިވެހިންނަށެވެ. ދިވެހި އެކިފަންތީގެ ވިޔަފާރިތަކަށެވެ. އެމްޑީޕީ ސަރުކާރުން، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފެށުމުންވެސް، ރާއްޖޭގެ ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން މަދުވާނެކަމަށާ އިސްލާމް ދީން ނެތިދާނެ ކަމަށް ވާހަކަ ދެއްކިއެވެ. އެކަންވަނީ އެހެންތޯއެވެ؟ އެމްޑީޕީ ސަރުކާރުން، ރައްޔިތުން ބޭސްސިޓީއަށް ސަލާމްޖެހުން ހުއްޓުމަކަށް ގެނެސް، ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެގޮތް ހަމަޖެއްސުމުން ވެސް އެކަމަކީ ނުކުރެވޭނެ ކަމެއްކަމުގައި ހަތުރުވެރިން ވާހަކަ ދެއްކިއެވެ. ޖެއްސުންވެސް ކުރިއެވެ. ސުކޫލުކުދިންނަށް ހެނދުނުގެ ނާސްތާ ދޭންފެށުމުންވެސް އެކަން ނުކުރެވޭނެކަމަށް ބުނެ، އެކަމަށް ޖެއްސުންކުރިއެވެ. މިފަށާ ފެރީގެ ދަތުރުތަކުން ފައިދާޔާ މަންފާ ބޮޑަށް ވާނީ ދިވެހިންނަށެވެ. ރާއްޖޭގެ އިޤުތިޞާދަށެވެ. ކަންކަމުގެ އެކޮޅުމިކޮޅު ބަލަންވާނެއެވެ. ޙަސަދަވެރި ވިޔަސްވެހެވެ.

ޓެގް

ފަރުދީ ޚިޔާލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.