ޅެން ރަންމުތުގެ ފަރުބަދަ (2 ވަނަ ބައި)

ރަންމުތުގެ ފަރުބަދަ (2 ވަނަ ބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތަޤުދީރުގައި މިންވަރު ކުރުން އެއްގޮތްނުވޭ އެންމެންގެއަދު

                   ވަޤުތާއި ހާލަތު ވޭ ބަދަލު އެކަމެއް ކަނޑަށް އެޅިގެންވުމުން 
ދުނިޔޭމިވާ ޤާނޫނުގައި  ވެރިކަންއުފާ  ވޭބެހެވިފައި
                   އުނިކަން ނުވާ ނޭގޮތައް އެންމެންގެ މެދުގައި ހިމެނިގެން
މުދަލާއި  މައުދަން  އެއްކުރަން ރިއްސާއި ރަން  ހިމެނޭގޮތުން
                  އުދަބާނިލައި  ބޮއްސުންލިޔަސް އުޅެވޭ  އަވަދިނެތި  ހޯދަމުން
އަނބި ދަރިންނާ ފުރިހަމަވި ސިއްހަތް އަގުކުރަން ވެސްނޭންގިގެން
                  އަނބި  ދަރިން ބީ ވާއިރުތެދޭ  ރޭކައިނުލާ  އަމުދުން  އެކަން
ކަން އޮންނަ ގޮތަކީ މީވިޔަސް ވިސްނުނު އެއިރު މިކަމުގަ ވިހަމަ
                  ބަންޑުންވެ  ތަށި  އުފަލުގެ  މިތާ  ފާއިތުއެވީ  ވަޤުތޭ  މުޅިން
މާމަލުގެ  ނަލަ ޤުލްޒާރުތައް  ފަރިޔަށްފޮޅުން  އެކުގައި އިހަށް
                    މާމަލުގެ ވަސް ނެތިގެއްލި ގޮސް ބިންގަނޑު އެކީ ދިޔަހިކެވިގެން
ފަތިހުގެ އެފިނި  ނަލަރޯޅި  ބީހޭ  ވަޤުތުގައި ކޯރަށް  ދިޔުން
                   ދަތިނަމަ  ވިޔަސް  އާދައެކެއޭ  އަބަދުމެކުރާ  ހިނިތުންވަމުން
ފަރުބަދަ ތަކުގެ ނިވަލުން އެ އިރު ފެންނާނެތީ އިންނަން އެތާ
                   ތަރުތީބިކޮށް  ދެމިގެންއެދާ  ކޯރުގެ  މިސާހިލް  ދެކެލަމުން
ޤުދުރަތުގެ  ފުރިހަމަކަމުތެރޭން ފެނުމާ އެކީ ރާނީމަގޭ
                 ގުދުވީ  ހިތާ  ޖާނާމަގޭ އެކުގައިތެދޭ  ދިޔަ ލެނބެވިގެން
ފުރަތަމަ  ފަހަރު  ފެނުމާ  އެކީ  ހިތުގައިވި އަސް  ހަމަނެއްޓުނޭ
                  ބުރަވީ ކަމުން ގޮސް  ހިތްސުތަށް ވެސްދޫއެވީ ލަގަނޭ އަތުން
ލޮލުގައިވި މާތް މައުސޫމުކަން ފެނިފައި މިހިތް ދިޔައީ އޮޔާ
                  ކޮލުގައިވި ކުލަ އަލިވީކަމުން ލޯބީގެކަނޑުގައި  ބެހެވިގެން
ހިތިފަތު އެ ބުމަޔާ ކުރަނގި ލޯ ލިބިފައިއެވާ ނަލަޒާހިރާ

                 ހިތުލީ ލިބޭތޯ  އުމުރަށޭ ވަކިވާންނުވެސް  އެދެވޭކަމުން
ނަޒަރު  އިޝްޤީ  ކޮށް  ބަދަލުއަދު  ކައިރީއެ  ކޯރުގެ  ފެންފަށުން
             މަންޒަރު  އެދުށް  ވާދީތަކާ  ފުސްތައް  މެ  ހެކި  ވާނޭ  ޔަޤީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.