އެތައްފަހަރަކު މަލަށްބެލުނޭ މަލުގެ ފަރިކަން އެމާފެނިގެން،
އެތައްމަގަކުން ހިނގީމޭހަމަ ގޮތެއްއޮތްތޯ އެމާފެނިގެން.
މަށަށްހަމަ ރީތިވީ އެމަލޭ އެހެންއިންދާ އެމާ ފެނުމުން،
މަށަށްހަމަ އެދެވެނީއެމަލޭ އެވީގޮތަކުން އެމާފެނިގެން.
ގަހުގެއޮފިކޮޅު ލަޠީފުވިޔަސް މަލުގެކުލަތައް ނުހަނުރީއްޗޭ،
ވަހުގެއަސަރޭ ހިތުންނުފިލީ މިހެންވެއްޖޭ އެމާފެނިގެން.
ބަލައިލަންމާ ވަރަށްފަރިއޭ ގަހުގެކަށިތައް ވަރަށްތޫނަސް،
ބަލަންހުއްޓާ އެހެންއަހަރެން އައޭމީހަކު އެމާފެނިގެން.
އެކަންވީގޮތް ބުނަންދައްޗޭ ހިތަށްވީތަދު ވަކިންގަދައޭ،
އެކަންއެހެނޭ ވެގެންދިއައީ ބަލަންހުއްޓާ އެމާފެނިގެން.
ގަހުގެވެރިޔާ ނުދެނަހުއްޓޭ މަލަށްވީގޮތް ފަހުންއެހުމުން،
ފަހުމުނުވިއޭ އެވީގޮތަކުން މިހެންވީމާ އެމާފެނިގެން.
އަސަރުތައް ހިތުގެ ހިމަނާރާ ކުރާޖަދަލެއް މަދެއްނޫނޭ،
އަހަރުތައްހިޔަ މިހެންދިއަޔަސް މިވާވަރަކުން އެމާފެނިގެން.
ނިދިންހޭލެވި ބަލައިފީމޭ ފެނުނު ހުވަފެނުގެ ތަޢުބީރަށް،
މިދިން މެސެޖެއް ނުވެސްއެނގުނޭ މިހެންވީތީ އެމާފެނިގެން.
ކޮމެންޓް (0)
ލޯޑް ކުރަމުން...