ޅެން ރަންމުތުގެ ފަރުބަދަ (9 ވަނަ ބައި)

ރަންމުތުގެ ފަރުބަދަ (9 ވަނަ ބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަންމުތުގެ ފަރުބަދަ (9 ވަނަ ބައި)

ރަން މުތް ގުނާ ބަލަހަށް ޓަމުން ނޯޓުމެ ކުރަން ޖަހަމުން ހިސާބް
             ދަންވަރު ތެދުވެ ގުނެޔޭ ވަކިން ހަމަތޯ ޔަޤީން ކުރުމަށް އަލުން

އެއްރޭ ގުނަން އިންދާ އެތާ ހައިރާން މަވީ  މަދުވީ ކަމުން
           އައްޑިހަ އެތަށް ރަން މުތް ތަކެއް ވީއެއް ނުވީ ވެސް ނޭންގިގެން

ހާސް ކަމުތެރޭ ރުޅިވެސް އައޭ ދަހިވެތި ކަމުގެ ހުޅު ރޯވިޔޭ
             ހާސްވީ ވަރުން ހޯދަން ފެށީ މޭ އަތް ފުނާ އަޅަމުން އަލުން

ޖެހިގެން އެއައި ހެދުނާ އެކީ ރާޝިދު އައިސް ވަނުމާ އެކީ
         ޖެހިގަނެ އިނގިލި ދިއްވެސް ކުރީ ވައްކަމު ގެ މަތި އަޅުވާލަމުން

ދަތްދޮޅި ދަށަށް އަތް ވިއްދަމުން ކޮށްޕާ ގެއިން ނެރިލީ ގަޅާ
            ދަތްކުނޑި ވިކާ ކުދިވެސް ކިޔާ ހަދަމުން އެކީ ނެރިލީ އޮޅިން

އެވަރުން ނުފުދި ބާޒާރުގައި ރާޝިދު ފަޟީހަތް ވެސް ކުރީ
            ހެވަކަށް ހަދާ ފަހަތުން ހިނގީ ރާޝިދު މިތާ ލަދުގަން ނަވަން

އަނބުރާ ގެޔަށް ގޮސް ތަށިނަގާ ބެލިއިރު ކަމަކު  ދާކަށްނެތޭ
        އަނބުރައި އެގަނެ ވެއްޓޭނެ ފަދަ ފެނުނީ މަށަށް މަންޒަރު މުޅިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.