ޖެނީވާ : ކޮވިޑް-19ގެ އޮމިކްރޯން ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވިމިނެއްގައި ފެތުރެމުންދާ ވޭރިއަންޓެއް ކަމަށާ، މި ވޭރިއަންޓުގެ ސަބަބުން މިހާރުވެސް ވެކްސިން ދީފައިވާ ނުވަތަ ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާ މީހުންގެ ގައިން އިންފެކްޝަން ތައް އަރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ.
“ޑެލްޓާ ވޭރިއަންޓަށް ވުރެ އޮމިކްރޯން މާ ބާރަށް ފެތުރެމުންދާ ކަމުގެ ސާބިތު ހެކި މިހާރު ދަނީ ސާބިތުވަމުން،” ޖެނީވާގައި ހުންނަ އެ ޖަމިއްޔާގެ އާ ހެޑްކުއާޓާސް އިމާރާތުގައި ބޭއްވި ނޫސްވެރިންގެ ނިއުސް ބްރީފިންއެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވި އެވެ.
“އަދި ކޮވިޑް-19 އަށް ވެކްސިން ޖަހާފައި ނުވަތަ ބަލިން ރަނގަޅުވާ މީހުންނަށް އަލުން ބަލި ޖެހިދާނެ ނުވަތަ އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު،” ޓެޑްރޯސް ވިދާޅުވި އެވެ.
ކްރިސްމަސްއަށްފަހު އިނގިރޭސިވިލާތުން އާ ފިޔަވަޅުތަކެއް ގެނައުމަށް ތައްޔާރުވެއްޖެ.
ކްރިސްމަސް އަށްފަހު އޮމިކްރޯން ވޭރިއަންޓް ފެތުރުން މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާ ފިޔަވަޅުތަކެއް ތައާރަފު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓައިމްސް އާއި އެހެން މީޑިއާތަކުން ހޯމަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.

އިނގިރޭސިވިލާތުން ބުނީ އޮމައިކްރޯން-ވޭރިއަންޓް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 37،101 އަށް އަރާފައިވާ ކަމަށާއި އޭގެ ކުރީ ދުވަހު އެ އަދަދު 12،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރެކޯޑް މިންވަރަކަށް ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓްކޮށްފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމުގެ އިންޒާރު އޮފިޝަލުންނާއި މިނިސްޓަރުން ވަނީ ދީފައެވެ.
އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އާ ފިޔަވަޅުތަކެއް އެޅުން ގާތް ކަމަށް ބެލެވުނު ނަމަވެސް، މީޑިއާއިން ބުނީ ވަޒީރުން ފަހަތަށް ޖެހިވަޑައިގެންފައިވާ ކަމަށާއި، ކްރިސްމަސްއަށްފަހު 2 ހަފްތާއާއި މަހެއްހާ ދުވަހަށް ދެމިގެންދާ ގޮތަށް އަޅާފައިވާ ފިޔަވަޅުތައް މިހާރު ތައާރަފު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޓައިމްސްގެ ޕޮލިޓިކަލް އެޑިޓަރު ސްޓީވަން ސްވިންފޯޑް ޓްވިޓާގައި ވިދާޅުވެފައި ވަނީ ” އޮފިޝަލުން ނިންމާފައިވަނީ އާ ފިޔަވަޅުތައް ޑިސެމްބަރ 28 ގައި ތަޢާރަފްކުރަން ކަމުގައި” ކަމަށެވެ.
ސްވިންފޯޑް އާއި އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭގެ ތެރޭގައި އެއްވެއުޅުން މަނާކުރުމާއި، ބޭރުތެރޭގައި ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުޅުވުން ފަދަ ކަންކަން ކުރެވޭނެ އަދަދުތައް ކަނޑައެޅުން ވެސް ހިމެނޭނެ އެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން އާދީއްތަ ދުވަހު ބުނީ އޮމިކްރޯން ވޭރިއަންޓާއެކު އިނގިރޭސިވިލާތުން 12 މީހަކު މަރުވެފައިވާ ކަމަށާއި 104 މީހަކު މިހާރު އޮތީ އެ ވޭރިއަންޓާއެކު ހޮސްޕިޓަލުގައި ކަމަށެވެ.
ކޮވިޑް-19ގެ އާވޭރިއަންޓްގެ ބަލިމަޑުކަން މުޅި އާބާދީ އަށް ފެތުރުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު އޮފިޝަލުން މިދިޔަ ހަފުތާގައި ވަނީ ދީފައެވެ.

ވެކްސިން ޖެހި މީހުންގެ ކޮންޓެކްޓް ތައް ހިފަހައްޓަން ޖަރުމަނުން ތައްޔާރުވެއްޖެ
ނެދަލެންޑްސްގައި އާ ލޮކްޑައުންއެއް ކޮށް، އިނގިރޭސިވިލާތުގެ ގިނަ ގައުމުތަކަކުން އަމާޒު ހިފާފައިވާ ދަތުރުފަތުރު ކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއެކު، ޖަރުމަނުވިލާތުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ބާރު އަޅަމުންނެވެ. އޮމައިކްރޯން ވޭރިއަންޓްގެ ސަބަބުން ނާޒުކު އިންފްރާސްޓްރަކްޗާބްރޭކިން ޕޮއިންޓަކަށް ގެނެވިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދިނުމާ ގުޅިގެން، ޖަރުމަނުގެ ލީޑަރުން ގެންދަވަނީ، އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކޮންޓެކްޓް ރެސްޓްރިކްޝަންތަކާއި، އެކްސެލެރޭޓެޑް ބޫސްޓަރ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވިސްނަވަމުންނެވެ.
ޗާންސެލަރ އޯލާފް ޝޮލްޒް ވިދާޅުވީ، ވެކްސިން ދީފައިވާ ނުވަތަ ބަލިޖެހިފައިވާ އަދި ބަލިން ރަނގަޅުވެފައިވާ މީހުންނަށް ޕްރައިވެޓް ކޮންޓެކްޓް ސްޕްރިޓް ކުރުމަށް އަންގާރަ ދުވަހު ބޭއްވުމަށް ރާވާފައިވާ ފެޑެރަލް އަދި ސްޓޭޓްތަކުގެ ވެރިންގެ ބައްދަލުވުމެއްގެ ނިންމުމަކަށް ތާއީދު ކުރައްވާ ކަމަށެވެ.
ރޯމްގައި ވާހަކަ ދައްކަވަމުން ޝޮލްޒް ވިދާޅުވީ، މި ބައްދަލުވުމުގައި، އިންފެކްޝަން ގެ އަދަދު ގިނަވެއްޖެނަމަ ހޮސްޕިޓަލްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، ކަރަންޓް ގެ ޚިދުމަތްދޭ ތަންތަން ފަދަ ނާޒުކު މުއައްސަސާތައް ހުއްޓުމެއްނެތި އޮޕަރޭޓް ކުރުމުގެ އިތުރުން، އިތުރު ބޫސްޓަރތައް ވެސް ހަވާލުކުރާނެ ކަމަށެވެ.
ރޮއިޓާސްއިން ފެންނަ ޑްރާފްޓް ޑޮކިއުމެންޓެއްގައި ބުނެފައިވަނީ، ވެކްސިން ދީފައިވާ އަދި ރިކަވަރ ކޮށްފައިވާ ރެސްޓޯރަންޓްތަކާއި، ތިއޭޓަރުތަކާއި، އެނޫންވެސް ސަގާފީ ތަންތަނަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށާއި، އެ ތަންތަން ލިމިޓް ކުރާނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަމިއްލަ އެއްވުންތަކަށް އެންމެ ގިނަވެގެން 10 މީހުންނަށް ކަމަށެވެ.
އަދި ކްލަބްތަކާއި ޑިސްކޯތައް ވެސް ބަންދުވާނެ ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގެ ޕްރިމިއަރ ހެންޑްރިކް ވޫސްޓް ބްރޯޑްކާސްޓަރ އޭއާރްޑީއަށް މައުލޫމާތު ދެމުން ބުނީ ” އާ އަހަރުގެ ބޮޑު ޕާޓީތައް މިއަހަރު ނުބާއްވާނެ” ކަމަށެވެ.

ޑާވޯސް އެއްވުން ފަސްކޮށްފި
ވޯލްޑް އިކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުން އަންނަ މަހު ޑާވޯސްގައި ފަސްކޮށް، ކޮވިޑް-19ގެ ރާޅުތަކުގެ ސަބަބުން ދެވަނަ އަހަރަކަށް ނާކާމިޔާބުކޮށްލައިފިއެވެ.
އެ ފޯރަމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެނުއަރީ 17-21 އަށް ބާއްވަން އުޅުނު މި ބައްދަލުވުމުގެ ޕްލޭންތަކާ މެދު އަލުން ވިސްނަން މަޖުބޫރުވި ކަމަށާއި މިހާރު ހޫނު މޫސުމުގެ ކުރީކޮޅު އެ ބައްދަލުވުން ބާއްވާނެ ކަމަށެވެ.
“މިހާރު ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި އިން-ޕާސަން މީޓިންއެއް ކުރިއަށް ގެންދަން ވަރަށް އުނދަގޫ،” އެ ބަޔާނުގައި ބުންޏެވެ.
މިދިޔަ ހަފްތާގެ ތެރޭގައިވެސް ޑަބްލިއުއީއެފްގެ އޮފިޝަލުން ދިޔައީ ސްވިޒަލޭންޑަކީ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލެވިފައިވާ އަދި ގަވާއިދުން ޓެސްޓު ކުރެވޭނެ ކޮންފަރެންސަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.
އެމެރިކާގައި މޮޑާނާއިން ބުނީ ކޮވިޑް-19 އަށް ވެކްސިނެއް ގެ ތިންވަނަ ޑޯޒް އެއް ކުރުމުން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް އެންޓިބޮޑީ ލެވެލް އިތުރުވެފައިވާ ކަމަށެވެ.
50 މައިކްރޯގްރާމް ބޫސްޓަރ ޑޯޒެއް – އޮތޮރައިޒްޑް އެމައުންޓް – އެންޓިބޮޑީޒް ނިއުޓްރަލައިޒް ކުރުމުގައި 37 ގުނަ އިތުރުވުމެއް ފެނިފައިވާ ކަމަށް އެ ކުންފުނިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީބުނެފައެވެ. އަދި އެ ކުންފުނިން 100 މައިކްރޯގްރާމް ޑޯޒެއް ޓެސްޓު ކުރި އިރު، ޕްރައިމަރީ ދެ ޑޯޒް ކޯހާ އަޅާބަލާއިރު އެންޓިބޮޑީ ލެވެލް 83 ގުނަ އިތުރުވި އެވެ.
ފައިޒަރ އިންކް އަދި ބައޯއެންޓެކް އެސްއީ އިން މި މަހުގެ ކުރީކޮޅު ކުރި އިނީޝިއަލް ލެބް ސްޓަޑީޒް އިން ދައްކާ ގޮތުގައި އޮމައިކްރޯން ވޭރިއަންޓާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމީހުންގެ ވެކްސިންގެ ތިންވަނަ ޑޯޒެއް ބޭނުން ވެދާނެ ކަމަށް ދައްކާފައި ވަނީ، މި ވޭރިއަންޓާ ދެކޮޅަށް އެންޓިބޮޑީޒް ނިއުޓްރަލައިޒް ކުރުމުގައި 25 ގުނަ ދަށްކުރުމަށް ފަހު، ހަމައެކަނި ދެ ޝޮޓް ލިބުނު މީހުންގެ ގައިން ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ހޮންގކޮންގ އިން ކެތޭގެ ދަތުރުތައް މަނާކޮށްފި
ކެތޭ ޕެސިފިކްގެ ފަސިންޖަރުން އުފުލާ ފްލައިޓްތައް ނިއުޔޯކުން ދަތުރުކުރުން ހޮންގްކޮންގްއިން މަނާކުރަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، އެއް ރޫޓަކުން ދަތުރުކުރި ފްލައިޓެއްގައި ދަތުރުކުރި ތިން ފަސިންޖަރުންނަށް ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުވުމާ ގުޅިގެން ކަމަށް ހޮންގްކޮންގްސަރުކާރުގެ ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ހޮންގްކޮންގްއިން ހޯމަ ދުވަހު 5 މީހަކު އޮމައިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، މި އަދަދު ވަނީ މިހާތަނަށް 19 އަށް އަރާފައެވެ.
މެނަންވަނީ، އޮމައިކްރޯން ވޭރިއަންޓް ފެތުރެމުންދާތީ، އެމެރިކާ، ކެނެޑާ އަދި އިތުރު 8 ގައުމަކުން ދަތުރުކުރުން މަނާކޮށްފައިވާ މަންޒިލްތަކުގެ ލިސްޓަށް އިތުރުކުރުމަށް ސިއްހީ އޮފިޝަލުން ހުށަހެޅުއްވި ރެކޮމެންޑޭޝަންތަކަށް އިސްރާއީލުގެ ކެބިނެޓުން ރުހުން ދީފައެވެ.
މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ނެވެ.
މި ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި އިޓަލީ، ބެލްޖިއަމް، ޖަރުމަން، ހަންގޭރީ، މޮރޮކޯ، ޕޯޗުގަލް، ސްވިޒަލެންޑް އަދި ތުރުކީ ހިމެނެ އެވެ.
ޖަޕާނުގައި ހުންނަ އެމެރިކާގެ އަސްކަރީ ކޭމްޕްގައި ފެތުރޭ ރޯގާ
ޖަޕާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި އައުޓްބްރޭކެއް ފެތުރެން ފެށުމާއެކު، އޮމިކްރޯން ވޭރިއަންޓާ މެދު ކަންބޮޑުވުން އިތުރުވެގެން ދަނީ، އެ ގައުމުގައި ރެކޯޑް އަދަދަކަށް ޑެލްޓާ ވޭވް އިންފެކްޝަން ތައް ފެތުރެން ފެށިތާ މަސްތަކެއް ފަހުންނެވެ.
ހޯމަ ދުވަހު އޮކިނާވާގެ ޖަޒީރާ ޕްރިފެކްޗާގައި ހުންނަ އެމެރިކާގެ އަސްކަރީ ކޭމްޕް ހަންސަންގައި ހުންނަ މި ކްލަސްޓާގައި 180 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒޫ މަޓްސުނޮލްޑް ރިޕޯޓަރުން ވަނީ ހޯމަ ދުވަހު ހާމަކޮށްފައެވެ. މިއިން އެއްވެސް މީހެއްގެ ގައިގައި އޮމިކްރޯން ހުރިކަން ނުވަތަ ނޫންކަން އަދި ސާފުވެފައި ނުވާއިރު، އާ ވޭރިއަންޓް ފެތުރެމުންދާތީ ކަންބޮޑުވުން އިތުރުވަމުން ދަނީ، އެ ބޭސްއާ ގުޅިފައިވާ ދެ މީހެއްގެ ގައިން އޮމައިކްރޯން ހުރިކަން ކަށަވަރު ވެފައި ވާތީ އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ 400 ޓެސްޓްގެ ތެރެއިން 182،000 ފޭކް ހެލްތު ފާސް ދެނެގަނެވިފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ޖެރަލްޑް ދަރްމަނިން ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އެއީ ރެސްޓޯރަންޓްތަކާއި ސަގާފީ ތަންތަން ހިމެނޭ ގޮތަށް އާންމު ތަންތަނަށް ވަނުމަށް ލާޒިމްކުރާ ފާސްތަކުގެ ސަލާމަތީ ޗެކްތައް އިތުރުކުރުމަށް މިދިޔަ ހަފްތާގައި މިނިސްޓަރު ފުލުހުންނަށް ގޮވާލައްވައި، އެ ފާސްތައް ފާސްކުރުމާ ގުޅިގެން ކަމަށް އޭޖެންސީ ފްރާންސް-ޕްރެސްއިން ބުނެއެވެ.
އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާއާ ހަމައަށް ބަލާއިރު، ފޭކް ފާސްތައް ބޭނުން ކޮށްގެން ނުވަތަ ވިއްކައިގެން 100 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި 75،000 ޔޫރޯ (66،300 ޑޮލަރު) ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
ފްރާންސް، ބެލްޖިއަމް
ފްރާންސްގެ ހައުޓޭ އޮޓޯރައިޓް ޑި ސަންޓޭ އިން ވަނީ އުމުރުން 5-11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދިނުން ފުޅާކުރަން ރުހުން ދީފަ އެވެ.
ސަރުކާރުގެ އިދާރާއިން ބުނީ ފައިޒަރގެ ކޮމިރްނާޓީ ވެކްސިންގެ ޕީޑިއެޓްރިކް ވާޝަން ލިބެން ފެށުމުން ކުޑަކުދިންނަށް ވޮލަންޓްރީ އުޞޫލުން ވެކްސިން ދެވިދާނެކަމަށެވެ.
ވަކިން ޚާއްސަކޮށް ބެލްޖިއަމްގެ ޕަބްލިކް ހެލްތު އޮތޯރިޓީން ބުނީ އުމުރުން 5-11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރގެ ޝޮޓްތަކުން ވެކްސިން ދެވިދާނެ ކަމަށާއި، މިމަހު ފޮނުވަން ޖެހޭ ފުރަތަމަ ދައުވަތު ސިޓީތަކާއެކު، ފައިޒަރގެ ޝޮޓްތައް ވެސް ވެކްސިން ދެވިދާނެ ކަމަށެވެ.
ކޮރޮނާ ގަވާމެންޓް ކޮމިޝަންގެ އީމެއިލް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ވެކްސިން ދޭނީ 21 ދުވަހުގެ ދުރުމިނުގައި ދެ ޑޯޒް ދީގެން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...