ފިލާވަޅު ދިރިއުޅުމުގެ ހުނަރުތައް / ލައިފް ސްކިލްސް

ދިރިއުޅުމުގެ ހުނަރުތައް / ލައިފް ސްކިލްސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

( ސެލްފް އެސްޓީމް /އަމިއްލަ ނަފުސާއި މެދުދެކޭގޮތް) – ޕާޓް 01

މި ސިލްސިލާގެ ދަށުން ލިޔުމަށް ހަމަޖެހިފައިވާ ބައިގެ ތެރެއިން ފުރަތަމަ ބައިގެ ލިޔުމުގައި އަލިއަޅުވާލާނީ ސެލްފް އެސްޓީމް ނުވަތަ ނަފްސުގެ އަގުވަޒަން ކުރުމަށް ތިމާއަށް ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށެވެ. މިއީ ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވާ ދެއްވަމުން ގެންދަވާ ‘ލައިފް ސްކިލް’ ގެ މުޤައްރަރުގައި ހިމެނިފައިވާ ވާ ފިޅާވަޅުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އެހެންކަމުން އެގައިޑުލައިންތަކުގައި ހިމެނޭ ބައެއް މަޢުލޫމާތު ލިޔުންތަކުގައި ހިމެނިފާވާނެއެވެ. މި ލިޔުމުގެ މަޤްސަދުގެ ތެރޭގައި މުދައްރިސުންނަށް މި މަޢުލޫމާތުގެ ބޭނުންކޮށްގެން ފިލާވަޅުތައް ރޭވުމާއި އެކު ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރާނެ ރަނގަޅު އުޞޫލުތަކާއި ހުނަރުތައް ދަސްވެގެން ދިއުން ހިމެނެއެވެ.  ޙަޤީޤަތުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސާއި މެދު ދެކޭގޮތާއި ކަންކަމުގައި ގޮތްނިންމާ ގޮތުގެ ސަބަބުން، ތިމާގެ އަމިއްލަ ނަފްސަށާއި އަދި އެހެން މީހުންނަށް އޭގެ އަސަރު ނުހަނު ބޮޑަށް ކުރެއެވެ. އެހެންކަމުން ކަންކަން ކުރުމުގައި އަދި ގޮތްނިންމުގެ ކުރިން އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމަށް ވިސްނާލަމާ ހިނގާށެވެ.

  • ތިމާއަށް އަޅާލާ ތިމާ އެންމެ ގަޔާވާ މިހުންނާއި އެކުގައި ވަގުތު ހޭދަކުރާށެވެ.
  • ތިމާއާއި މެދު ނުރަނގަޅުކޮށް ކަންތައް ކުރާ މިހުންނާއި އަދި ތިމާ އަކީ އެއްވެސް މީހެއް ކަމަށް ނުދެކޭ މީހުންނާއި ދުރުހެލިވާށެވެ.
  • ތިމާއަށް އެކަމެއް ކުރުމުން ހިތްހަމަޖެހުން ލިބޭ ނުވަތަ އުފާވާ ކަހަލަ ރަނގަޅުކަންތައް ކުރާށެވެ.
  • ތިމާއަށް ރަނގަޅަށް ނުވަތަ މޮޅަށް ކުރެވޭ ކަމެއް ކޮންމެ ދުވަހަކުވެސް ކޮށްލާށެވެ. މިސާލަކަށް ކުރެހުން، ލިޔުން، ފޮތެއް އަވަހަށް ކިޔާލުން ފަދަ އެކަމެއް ކުރުމުން އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބޭ ކަމެއް އިޚްތިޔާރުކުރެވިދާނެއެވެ.
  • ކުރެވޭ ރަނގަޅު ކަންކަން އަމިއްލައަށް ފާހަގަކޮށް އަމިއްލަ ނަފުސަށް ހިތްވަރުދީ ތަރުހީބުދޭށެވެ.
  • ތިމާގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރާށެވެ.
  • އަމިއްލަ ނަފްސަކީ އެންމެ ގާތްއެކުވެރިޔާ ކަމުގައި ހަދާށެވެ. އަދި ނަފްސަށް އަޅާލާ އިޚްތިރާމް ކުރާށެވެ.
  • ކަންކަމުގައި އަމިއްލަ ނަފްސު ގޮތްނިންމަން ފުރުޞަތު ދޭށެވެ. އަބަދު އެހެން މީހުން ތިމާގެ ކަންކަމުގައި ގޮތްކިޔައި ގޮތް ނިންމަން ފުރުޞަތު ނުދޭށެވެ. އެހެންކަންތައް ވާނަމަ، ގިނަފަހަރަށް ތިމާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެގެން ދެއެވެ.
  • އަމިއްލަ ނަފްސު ކަންކަމުގައި ޒިންމާދާރު ކުރުވާށެވެ. އެއީ ކުރާ ޢަމަލުތަކުގަޔާއި ގޮތް
    ނިންމާ ހާލަތުގައިވެސް މެއެވެ.
  • އަމިއްލަ ނަފްސަށް ތެދުވެރިވާށެވެ. އަދި ނަފްސުގެ އަގުވަޒަން ކުރާށެވެ.
  • އެހެންމީހުންނަށް އިޚްތިރާމް ކުރާށެވެ. އަދި ރަނގަޅަށް އެމީހުންނާއި ދޭތެރޭ ޢަމަލުކުރާށެވެ.
  • ވަކި ލަނޑުދަނޑިއެއް ކަނޑައަޅައިގެން މަސައްކަތް ކުރާށެވެ. އަދި އެކަން ހާޞިލްކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.

ޓެގް

ލައިފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.